ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތަށް
ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ޙަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ، ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވަނީ މިއަދު އެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.
އެ މީހުންނަކީ:
ޝަމާލް ހުސައިން (21އ) - ތ. ގާދިއްފުށި
ޒަޔާން ނަސީރު (23އ) - އދ. މާމިގިލި
އަބާން އަބްދުއްހަންނާން (23އ) - ތ. ދިޔަމިގިލި
ރަޖުވާން ލަތީފް (22އ) - ލ. މާމެންދޫ
މިދުހަލު އާދަމް (24އ) - ރ. އަލިފުށި
މުހައްމަދު ޖަޒްލާން (22އ) - ލ. ގަން
އަހްމަދު މައިސާން ހާޝިމް (20އ) - ކ. މާލެ
ޝަމީމަށް ބަޔަކު ހަމަލާ ދިނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު އެެވެ. ފުލުހުން ބުނެފައި ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.
ކޮމެންޓް