ބްރޯޑްކޮމްގެ ނައިބު ރައީސް މުޙައްމަދު ފަޒީން
މުހައްމަދު ފަޒީންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ބަލަން ފަށައިފިއެވެ.
މިމައްސަލަ ބަލަން ފަށާފައިވަނީ އިއްޔެ ބޭއްވި މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި ނަމަވެސް އެ ކޮމީޓީ ވަނީ ސިއްރުކޮށްފައެވެ. އަދި މައްސަލައިގެ މައުލޫމާތުތައް ސިއްރުކޮށްފައިވަނީ ދެ މީހެއްގެ ޒާތީ މައުލޫމާތުތައް ހިމެނޭތީކަމަށް ކޮމިޓީން ބުނެފައި ވެއެވެ.
ފަޒީންގެ މައްޗަށް ކުރަނީ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. މަޖިލީހުގެ ކޮމިޓީއިން މައްސަލައެއް ބަލަމުންދާކަން ފަޒީން ކަށަވަރުކޮށްދިން ނަމަވެސް މައްސަލައާއި ގުޅޭ އިތުރު ތަފްސީލަކަށް އޭނާ ދާކަށް ބޭނުމެއް ނުވެއެވެ.
ކޮމެންޓް