ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ރޭ ގެ މެޗުގައި އިތުރު ވަގުތުގެ ތެރޭގައި ބެޔާންގެ ޑިފެންޑަރު ޑިލިޓް ލަނޑު ޖަހައި މެޗު 2-2 ން ބެޔާނަށް އެއްވަރުކޮށްދިނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލަށް ނުވަންނަނީސް ލައިސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެންނެވެ. މާޗިނިއާކް ކަށިގަނޑު ފުމުނީ ކުޅުން ހުއްޓާލުމަށެވެ. ރެއާލްގެ ކުޅުންތެރިން އެހިސާބުން ހަމަޖެހިލި އެވެ، އެކަމަކު ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނެވެ.
ކަށިގަނޑު ނުފުމެ ކުޅުން ކުރިއަށް ގެންދަން ފުރުސަތު ދިންނަމަ، މައްސަލަ ބަލަން ވީއޭއާރްގެ އެހީ ހޯދުނީހެވެ.
އޮފްސައިޑް ކަމަށް ނިންމުމުން ރެއަލްގެ ކުޅުންތެރިން ބޯޅަ ކުރިއަށް ޖަހައި ކުޅުން އަލުން ކުރިއަށް ގެންދިޔަ އެވެ. ރެއާލް އަށް މެޗު ކާމިޔާބުވެ ފައިނަލުގެ ޖާގަ ކަށަވަރު ކުރި އެވެ.
ރެއާލް މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ކަށަވަރު ކުރި އެވެ.
ޖަރުމަނުގެ މީޑިއާތަކަށް އެބާލް ބުނީ މެޗަށް ފަހު ސްޓޭޑިއަމްގެ މިކްސްޑް ޒޯނުން، އޭނާ މާޗިނިއާކާ ބައްދަލުކުރި ކަމަށެވެ. އެއީ ހެދުނު ގޯހެއް ކަމަށް، އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލު މެޗުގައި ވެސް ރެފްރީކަން ކުރި މާޗިނިއާކް އެއްބަސްވި ކަމަށެވެ.
މެޗަށް ފަހު ބެޔާންގެ ކޯޗު ތޯމަސް ޓޫހްލް ވެސް ބުނީ އެ ހާލަތުގައި ކުޅުން މެދުކަނޑާލަން އެނގުމަކީ ހުރިހާ ގަވާއިދަކާ ވެސް ހިލާފަށް ކުރި ކަމެއް ކަމަށެވެ.
"އެއީ ހިޔާނާތެއް،" މެޗަށް ފަހު ޓުޗެލް ބުންޏެވެ.
ކޮމެންޓް