ދިވެހިރާއްޖޭއާއި އިންޑިއާއާ ދެމެދު އުފެދިފައިވަނީ ބަދަހި ގުޅުމެއް: ޚާރިޖީ ވަޒީރު ޒަމީރު

ވަޒީރު މޫސާ ޒަމީރު, އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މުހާވަރު އަދި ވަޒީރު މުޙައްމަދު ސައީދު

ގުޅުން އިތުރަށް ބަދަހިވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ހާމަކުރެއްވި

ދިވެހިރާއްޖޭ އާއި އިންޑިއާއާ ދެމެދު އުފެދިފައިވަނީ ބަދަހިގުޅުމެއްކަމަށާއި އަދި މި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ބަދަހިވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާ ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން ބޭއްވި ޚާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެ ފަރާތް ޕުޅުން އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައްދުކުރެއްވިއެވެ.

އަދި އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށް ސިފަކުރައްވައި ރާއްޖެއާއި އިންޑިއާއާއެކު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިވެފައިވާ ކަމަށާއި އަދި ކުރިއަށް ތާންގައިވެސް މި ގުޅުން އިތުރަށް ބަދަހިވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ހާމަކުރެއްވިއެވެ.

ޝަރަފުވެރި މެޙެއްމާނެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންނެވި މި އިވެންޓްގައި ރާާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މަހާވަރު އަދި ހައިކޮމިޝަން އަދި މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.