ކާރުގެ ލޯގަނޑު ތަޅާލައިފައި
ހުޅުމާލޭ އެޗް11 ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދިނުމުގެ މައްސަލައިގައި ފުލުހުންގެ އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ 11:50 ހާއިރު ހިނގި މި ހާދިސާގައި، އަލްހުގަނޑު ކާރު ޕާކިންގ ސަރަހައްދުގައި ބަޔަކު ސައިކަލެއްގައި އައިސް ކާރަށް ގެއްލުން ދިންކަމަށް ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެވިފައެވެ.
https://x.com/inaya_araheem/status/1882730371927912951?s=46&t=TXuSpvTAejR0Lr_pGUMnWg
މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ތިބި ކުދިން ވަނީ ވަގުތުން ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެވެ. ނަމަވެސް، މައްސަލަ ރިޕޯޓުކުރިތާ ދުވަސްތަކެއް ވީއިރުވެސް ފުލުހުންގެ ފަރާތުން އެއްވެސް އަޕްޑޭޓެއް ލިބިފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރެވެއެވެ.
"މިއީ ޤައުމުގައި އާންމު ރައްޔިތުންނަށް ދެވޭ އަހައްމިއްޔަތުކަމުގެ މިންވަރުތޯ؟ މާދަމާ މިއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެ. މިކަން ކުރި ބަޔަކު އަދިވެސް ނުހޯދާ. ރައްޔިތުން މިތިބީ ބިރުވެރިކަމެއްގައި،" މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.
އެޗްޑީސީގެ ސަރަހައްދުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާތަކުގެ މަޢުލޫމާތު ހޯދުމަށާއި، ސަރަހައްދުގައި ދުއްވާ ފުލުހުންގެ އެއްވެސް ވަސީލަތެއް މި ހާދިސާއާ ގުޅިގެން އެޅި ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް ރައްޔިތުން ގޮވާލަމުންދެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުމުން، އަދި ރަސްމީ އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓް