ހަބީބް
ރުހުންދޭން ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ތިން މެންބަރަކު ވޯޓު ދެއްވީ ދެކޮޅަށް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ މެންބަރަކަށް ހަބީބު އައްޔަނު ކުރަން ރުހުންދޭން ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ތިން މެންބަރަކު ވޯޓު ދެއްވީ ދެކޮޅަށެވެ.
އެޗްއާރްސީއެމްގެ މެންބަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގައި 21 އަހަރު ދުވަސް ވަންދެން ހަބީބު މަސައްކަތް ކުރެއްވި އެވެ. އިދާރީ މުވައްޒަފެއްގެ ގޮތުގައި އެކޮމިޝަނާއި ގުޅިވަޑައިގެންނެވި ހަބީބު އެންމެ ފަހުން ހުންނެވީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
ކޮމެންޓް