ވިނަރެސް ފްލެޓް
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ އެވެ.
ފުލުުން ބުނީ މީހަކު ވެއްޓުނީ ވިނަރެސް ޓަވަރު އަށަކުން ކަމަށެވެ. އެ ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާއިން ވިދާޅުވީ އިމާރާތެއްގެ މަތިން 18 އަހަރުގެ ދިވެއްސަކު ވެއްޓިގެން ފަރުވާ ދިނުމަށް ހަވީރު 4:30 ހާއިރު އެ ތަނަށް ގެންދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް، މައްސަލަ ތަޙުޤީގުކުރާތީ އެ ޒުވާނާ ވެއްޓުނު ގޮތާއި ފްލޯގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
ކޮމެންޓް