ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފުން ހުވާކޮށްފި
ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފުން ހުވާކޮށްފިއެވެ.
ކަސްޓަމްސް ބިލްޑިންގް ގައި ބޭއްވި މި ރަސްމިއްޔާތުގައި އަލަށް ގުޅުނު މުވައްޒަފުންނަށް މަގާމުގެ ހުވާލައި ދެއްވީ ފެމިލީ ކޯޓްގެ ގާޒީ އަބްދުﷲ މުހައްމަދެވެ.
މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ގާޒީ އަބްދުﷲ މުހައްމަދު ވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ނަޒާހަތްރެރިކަމާ އެކި ރިވެތި އަހުލާގު ދެމެހެއްޓުމަށް ގޮވާލައްވާފައެވެ. ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ ވަނީ އަލަށް ހިދުމަތާ ގުޅުނު މުވައްޒަފުންނަށް މަރުހަބާ ދަންނަވައި، މުވައްޒަފުންގެ ޒިންމާތަކާއި ކަސްޓަމްސްގެ މުހިންމު ދައުރުތަކަށް އަލި އަޅުއްވާލާފައެވެ. އަދި އޭނާ ވަނީ ފަހުރުވެރިކަމާއި ވިސްނުންތެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުމަށް ގޮވާލައްވާފައެވެ. ކަސްޓަމްސްއިން 164 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން އިއުލާނު ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހެވެ.
ކޮމެންޓް