މަޖިލީސް ތަޅުމުގައި މީކާއީލް
ަބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 11 މެންބަރުން. ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 56 މެންބަރުން
ސިޔާސީ މަގާމުތަކަށް ނަގައިފއިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ އަދަދު ހާމަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަލައި ނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމްއެވެ.
މި މައްސަލަ ހުށައަޅަމުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ސިޔާސީ މަަގާމުތަކަށް އައްޔަންކޮށްފައިވާ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މާލީ ވަޒީރުގެ އަރިހުން އެދެމުން ވެސް އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ފޯރުކޮށްދީފައި ނުވާކަމަށެވެ. އަދި މި މައްސަލަ ހުށައެޅީ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ސަރުކާރަށް މަޖުބޫރުކުރަންކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރަން ފާސްވެފައި ނުވާއިރު މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 11 މެމްބަރުންނެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް 56 މެމްބަރުން ވޯޓު ދީފައިވެއެވެ.
ކޮމެންޓް