ފުލުހުން އިއްޔެ ނައްތާލި ބަނގުރާ
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މި ބަނގުރާ ނައްތާލެވިފައިވަނީ އިއްޔެ ދޫނިދޫގައި ކަމަށާއި، ނައްތާލެވުނު ބަނގުރަލުގެ ތެރޭގައި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލާއި ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގެ ބަނގުރާ ހިމެނޭ ކަމަށެވެ. އަދި ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގެ ބަނގުރާ ވެސް އިއްޔެ ނައްތާލެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ނައްތާލެވިފައިވަނީ:
2185 ބްރޭންޑެޑް ފުޅި
213 ޕެޓް ފުޅި
2001 ދަޅު ބިޔަރު
އެހެނިހެން ތަކެތީގެ ގޮތުގައި 81 އައިޓަމް
ފުލުހުން ބުނީ މި ތަކެތި ނައްތާލެވިފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ކޮމެންޓް