ބްލިސް ކެއަރ އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާއެކު
ބްލިސް ކެއަރ އިން ލިބޭ ހިދުމަތް ތަކުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއާރ ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ހިމެނޭ
ނައިފަރުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.
ބްލިސް ކެއަރ ނަމުގައި އިއްޔެ ހުޅުވުނު ކްލިނިކްއަކީ ދެމަފިރިން ކަމުގައިވާ ޙުސައިން ޒީނީ އަދި ޢާއިޝަތު މިރުބާޙު ރަށާއި އަތޮޅަށް ހިދުމަތެއް ކޮއްދިނުމުގައި ބޭނުމުގައި ހުޅުވި ކްލިނިކްއެކެވެ. މި ކްލިނިކް ހުޅުވުނު ނައިފަރުގެ 7000 ން މަތީގެ އާބާދީގައި 80 އަށް ވުރެ ގިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަށް އުޅޭކަމަށް ބްލިސް ކެއަރ ގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. އަދި ޅ އަތޮޅުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ އެތަކައެއް ފަރާތެއް ވާނެ ކަމަށް ވެސް ބްލިސް ކެއަރ އިން މައުލޫމާތު ހިއްސާ ކުރިއެވެ. އެގޮތުން ބްލިސް ކެއަރ އިން ޅ އަތޮޅުގެ ހުރިހާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމަކީ ބްލިސް ކެއަރގެ އަމާޒެކެވެ.
ބްލިސް ކެއަރ އިން ލިބޭ ހިދުމަތް ތަކުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއާރ ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ހިމެނެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ފިސިޔޯތެރަޕީވެސް ފެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބްލިސް ކެއަރ އިން ހާމަކުރިއެވެ.
ބްލިސް ކެއަރ އިން ވަނީ ބްލިސް ކެއަރ ފައުންޑޭޝަންގެ ނަމުގައި އެންޖީއޯއެއް ވެސް އުފައްދާފައެވެ. މި ފައުންޑޭޝަންގެ މަޤުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ފަރާތްތަކަށް މަދަދުގާރެއްގެ ގޮތުން ވާކާލާތުކޮށްދީ އެކި އެކި މަސައްކަތް ކޮށްދޭނެ ފައުންޑޭޝަންއެކެވެ. އަދި މި ފައުންޑޭޝަންއިން މުޖުތަމައު ހޭލުންތެރިކަން ކުރުމުގެ އެކި އެކި ޕްރޮގްރާމުތަށްވެސް ހިންގުމަށް ހަމަޖެހިފައިވެއެވެ.
ބްލިސް ކެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ހަމްދާން، ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ބައިވެރިވެލެއްވިއެވެ.
ކޮމެންޓް