އެމްބިއުލެންސް
މިއަދު ހަވީރު 7:35 ހާއިރު މާލޭގެ އަމީނީމަގުގައި ހުންނަ ކުރީގެ ހައުސިންގ މިނިސްޓްރީ ކައިރިން އިމަޖެންސީގައި ދުއްވަމުން ދިޔަ އެމްބިއުލަންސަކާއި ސައިކަލެއް ޖެހި ދުއްވަންއިން ފަރާތައް އަނިޔާވެއްޖެއެވެ.
ސައިކަލު ދުއްވި ފަރާތުގެ ނިޔަކުރިމައްޗަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި ފަރާތަށް ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ ލައިސަންސް އޮންނަ ދެ ފަރާތަކުންނެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި އެކްސިޑެންޓްއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް