"އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރިޕޯޓްކުރި ތަނެއް ބަލާ ފާސްކޮށްފި

އޮޕަރޭޝަނެއްގެ ތެރެއިން

އިމިގްރޭޝަން ވޮޗް"އަކީ، އިމިގްރޭޝަނާއި ގުޅޭ މައްސަލަތައް 24 ގަޑީއިރުގެތެރޭގައި އިމިގްރޭޝަނަށް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޕްލެޓްފޯމެއް

"އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރިޕޯޓްކުރި ތަނެއް އިިމިގްރޭޝަނުން ބަލާ ފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ 02 ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި، މީގެތެރެއިން އެއް ތަނަކީ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއް ކަމަށާއި، އެތަނުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެފައިވެއެވެ.

މީގެއިތުރުން ރޭވެސް ހުޅުމާލޭގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ ތަނެއް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި، އެތަނުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މިފަހުން ފެށި ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 60އަށް ވުރެ ގިނަ ތަންތަން ބަލާ ފާސްކޮށް 125 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

"އިމިގްރޭޝަން ވޮޗް"އަކީ، އިމިގްރޭޝަނާއި ގުޅޭ މައްސަލަތައް 24 ގަޑީއިރުގެތެރޭގައި އިމިގްރޭޝަނަށް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.