އައިމަން ޖަގަހަ ޖަލްސާގައި ސަޕޯޓަރަކާ އެކު
ބެރާޑް ވަނީ އެކި މުއައްސަސާތަކާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަށް ހިއްސާކޮއްފަ
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ހުޅުމާލެ ގޮނޑީގެ ބައި އިލެކްޝަންގެ ކެންޕެއިން ވަރަށް ފޯރިއާއެކު ޕީއެންސީގެ ކެންޑިޑޭޓް އަލީ އައިމަން (ބެރާޑް) ކުރިޔަށް ގެންދަނީއެވެ.
ހުޅުމާލެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހުޅުމާލޭ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރާނޭ ކަމަށް ބުނަމުން ކެންޕެއިން ކުރަމުން އަންނަ ބެރާޑް ވަނީ ހުޅުމާލެ ރައްޔިތުންގެ މައްސަލަތަކާއި ގުޅޭގޮތުން ވަކާލާތުކުރުމަށް އެޗްޑީސީ އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބައްދަލުކޮށްފައެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ހުންނަ އެއާރޕޯޓް ފްލެޓް ސަރަޙައްދަށް ދިމާވެފައިވާ މައްސަލަތަކުގެ އަޑު ވަނީ އެ ކުންފުނީގެ މެނޭޖްމަންޓްއާއި ވެސް ހިއްސާ ކުރައްވާފައެވެ.
ރައްޔިތުންގެ ހައްޤުގައި ވާހަކަ ދައްކާ ހައްޤު ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަން އަމަލީ ގޮތުން ބެރާޑް ދައްކަމުން އެބަދެއެވެ. ބެރާޑޤ އަކީ ޒުވާނުންނާއެކު އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ބޭފުޅުކެވެ. އެގޮތުން ޒުވާނުންނާއެކު ވަނީ ކެންޕެއިން ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މި ހަރކާތުގެ ހުޅުމާލެގެ ރައްޔިތުންނާއެކުވެސް ވަނީ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވީހާވެސް ގިނަ ރައްޔިތުންނާއި ބައްދަލުކުރުމަކީ ބެރާޑްގެ އަމާޒެވެ.
"އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. އަޅުގަނޑު ބޭނުން ވަނީ ކައުންސިލްތައް މެދުވެރިކޮށް ކަންތައްތަށް ކުރަން. މާލޭގެ ރައްޔިތުން ކިބައިން އެދެން އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވާދެއްވުމަށް. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިހްލާސްތެރިކަން. އެނޫން ކަމެއް ކުރާނެ މީހަކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރި. އަޅުގަނޑަށް އިތުބާރު އެބޭފުޅުންނަށް އެބައޮތް" ޕީއެންސީ ހަރުގެ ހުޅުވުމުގެ ޖަލްސާގައި ކެންޑިޑޭޓުންނަށް އިޝާރާތްކުރަށް ކުރައްވާ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ބެރާޑްގެ ކެންޕެއިންގައި އަމަލީ ގޮތުން ހުޅުމާލެގެ ކުރީގެ ކައުންސިލަރ މިހާރުގެ ބާރަށު ދާއިރާގެ މަޖިލީސް މެންބަރު ސުޖާޢުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
ބެރާޑް އަކީ ބަހާއި އަމަލުން ކަންތައް ކުރެވޭކަން ދައްކާފައިވާ ޒުވާނެކެވެ. ހުޅުމާލޭގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެވޭނީ ހުޅުމާލެ ރައްޔިތުންގެ އިހުސާސް ދަންނަ ގޭދޮށު މީހާއަށެވެ. އެންމެންނާއި ގުޅޭ އެންމެން ދަންނަ މީހާއަށެވެ. އެއީ ބެރާޑްއެވެ.
ކޮމެންޓް