ވަޒީރު ސައީދު
މިހާރު އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އެކަމާ ގުޅޭ އެއްބަސްވުމަކަށް އާދެވެނޭ ކަމަށް
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަށް ފުލް ޕްރޮޕޯސަލްއެއް މީގެ ދެ ދުވަސް ކުރިން ޕޭޕަލްއަށް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އެކަމާ ގުޅޭ އެއްބަސްވުމަކަށް އާދެވެނޭ ކަމަށެވެ. ނަމަވެސް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރެވޭނެ ސީދާ ތާރީޚެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިކޮނޮމިކް މިނިސްޓަރު ސައީދާއި ސަރުކާރުގެ ކަމާ ބެހޭ އިސް ބޭފުޅުން ވަނީ ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެގޮތް ހެދުމަށް ޕޭޕަލްގެ އިސްވެރިންނާ މަޝްވަރާވެސް ކުރައްވާފައެވެ.
ޕޭޕަލްގެ ހިދުމަތުގެ ތެރެއިން މިހާރު ރާއްޖެއަށް ލިބެނީ ފައިސާ ފޮނުވުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް ފައިސާ ލިބިގަތުުމުގެ ހިދުމަތެއް ނުލިބެއެވެ.
ކޮމެންޓް