މިނިސްޓަރު ހައިދަރާއި އިސްވެރިން ކޮމިޓީއަށް ހާޒިރު ނުވުމުން މެމްބަރުންގެ ނުރުހުން!

ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ހައިދަރު

ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް މިއަދުގެ ކޮމިޓީ އަށް ހާޒިރުނުވެވޭނެ ކަމަށް ހެނދުނު 11:00 ގައި ވަނީ އަންގަވައިފަ، އެއީ ކޮމިޓީ ފަށާ ގަޑި

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހިމެނިވަޑައިގަންނަވާ ގޮތަށް، އެ މިނިސްޓްރީގެ އެހެން އިސްވެރިން ވަޑައިނުގަތުމުން އެ ކޮމިޓީގެ މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

އެ ބައްދަލުވުމަށް މިއަދު ތާވަލް ކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމެވެ.

ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް މިއަދުގެ ކޮމިޓީ އަށް ހާޒިރުނުވެވޭނެ ކަމަށް ހެނދުނު 11:00 ގައި ވަނީ އަންގަވައިފަ އެވެ. އެއީ މިއަދުގެ ބައްދަލުވުން ފަށަން ތާވަލްކުރި ގަޑި ވެސް މެ އެވެ.

އެހެންވެ، އެހެން ދުވަހަކަށް އެ ބައްދަލުވުން ތާވަލުކުރަން މުގައްރިރު ހުށަހެޅުއްވިއެވެ.

ޕެޓިޝަން ކޮމިޓީގައި ތިއްބެވި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން ވެސް ވަނީ ކޮމިޓީ އަށް ހައުސިން މިނސްޓްރީގެ އިސްވެރިން ވަޑައިނުގަތުމުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

ދިއްދޫ ދާއިރާގެ މެމްބަރުން އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މިއީ ރައްޔިތުންނާ ގުޅޭ ވަރަށް މުހިންމު ހައްސާސީ މައްސަލައެއް ކަމަށް ވާތީ، ހައުސިން މިނިސްޓްރީން އެންމެ ފަހު ވަގުތު، އުޒުރަކާ އެކު ވިޔަސް، ހާޒިރުނުވުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.