ވިޔަފާރިކޮށްގެން، ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވި 22 އަހަރުގެ އަންހެނަކު ހޯދަނީ

ފުލުހުން ހޯދަން އިއުލާންކުރި އާއިޝަތު މަލީހާ / ފޮޓޯ: ޕޮލިސް

ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ)އެވެ.

ފުލުހުން ބުނީ ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފަހަކަށް އައިސް ވިޔަފާރިކުރުމަށްފަހު ސައްހަނޫން ޓްރާންސްފާ ސްލިޕްތައް ފޮނުވުމާއި، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މީގެ ކުރިއާއި އަޅާ ބަލާއިރު މި ފަދަ ގިނަ މައްސަލަތަކުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުވަމުން އަންނައިރު، ބޮޑެތި ކުށްތަކުގައި ބައިވެރިވާ އަންހެނުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.