ރެއިޑުގެ ތެރެއިން
އިމިގްރޭޝަން ވޮޗް ތައާރަފްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރަން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" އަށް ހޫނު ތަރުހީބެއް ލިބެމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭަޝަންގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް 277 މައްސަލަ އެ ޕޯޓަލަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 128 މައްސަލައަކަށް އެޓެންޑްވެފައިވާ ކަަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
އިމިގްރޭޝަން ވޮޗް ތައާރަފްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތުވެސް އާންމުންނަށް ރިޕޯޓްކުރެވޭނެ އެވެ. އެޕޯޓަލް ފަރުމާ ކޮށްފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ވެސް ރިޕޯޓްކުރެވޭ ގޮތަަށެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރެޖިސްޓްރީއެއް ހަދައި، ގަވާއިދަށް ފައްތަން މަސައްކަތް ކުރުމާއި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ އިތުރުން ކުށްކުރާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވުމަކީ އިމިގްރޭޝަނުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
ކޮމެންޓް