އަމީން ވާހަކަފުޅު ދައްކަވަނީ
އެ މައްސަލައަށް އަވަސް ހައްލެއް ގެނެވެން ނެތްކަން ފާހަގަކުރެއްވި
މާލޭ ސަރަހައްދުގެ ޓްރެފިކްގެ ހާލަތު ގޯސްކުރީ ސަރުކާރުތަކުން ކަމަށާއި، ދިރިއުޅެވޭ ހާލަތަށް ޓްރެފިކް ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ގަރާޖު ސިޓީތައް ދޫކުރުމާއި ރަޖިސްޓާ ނުކުރާ ވެހިކަލްތައް ބޭނުން ކުރުމާއި މާލެ އާއި ހުޅުމާލޭ މަގުތައް ގޮނޑަކަށް ވާން ކުރީ ސަރުކާރުތަކުން ދޫކޮށްލާފައި އޮތް ކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.
އެގޮތުން، އެ މައްސަލައަށް އަވަސް ހައްލެއް ގެނެވެން ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ފައިދާއަށްޓަކައި އެ މައްސަލަތައް ހައްލު ކުރަން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
މީގެއިތުރުން، މިނިސްޓަރު ވަނީ އެ މައްސަލަ ހައްލު ކުރުމަށް އާންމުންނާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މި ފަހުން ވަނީ ވެހިކަލް ލިމިޓް ކުރުން ހިމެނޭ ގޮތަށް މާލޭގެ ޓްރެފިކް މައްސަލަތަކަށް ބޮޑު ބަދަލެއް އަންނާނެ ޕްލޭނެއް އެކުލަވާލައި އިފްތިތާހު ކޮށްފައެވެ.
ކޮމެންޓް