ހުޅުމާލޭ މަސްޖިދުލް ޢުމަރުބުނުލް ޚައްޠާބު މިސްކިތުގެ މަރާމާތުގެ މަސައްކަތް ނިމިއްޖެ

މަސްޖިދުލް ޢުމަރުބުނުލް ޚައްޠާބު މިސްކިތް

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭ މަސްޖިދުލް ޢުމަރުބުނުލް ޚައްޠާބު މިސްކިތުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ހުޅުމާލެ ކައުންސިލް މެންބަރު އަލީ އައިމަން ވިދާޅުވެއްޖެއެވެ.

މިކަން އައިމަން ހާމަކުރެއްވީ މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިރުޝާދުގެ ދަށުންނެވެ.

މަރާމާތުގެ މަސައްކަތުގެ ތެރޭގައި މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިގޮތުން މިސްކިތުގެ ގޯތިތެރޭގައި މާގަސްތަކާއި، ހިޔާދޭ ގަސްތަކާއި، ކަދުރު ރުއް އިންދައި، މިސްކިތަށް ދާ މީހުންނަށް ހިތްހަމަޖެހޭ ފަދަ މާހައުލަކަށް މިސްކިތުގެ ގޯތިތެރެ ބަދަލުކޮށްފައިވެއެވެ.

"ހުޅުމާލޭގައި ހުރި، މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް ސާފުތާހިރުކޮށް ބާއްވައި، މިސްކިތްތަކަށް ޒީނަތްތެރިކުރުމުގެ މަސައްކަތަށް، ކުރިޔަށް އޮތްތާނގައި ވެސް ވަރަށް ބޮޑަށް އިސްކަންދޭނަން،" އައިމަން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހުރި މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، މިސްކިތްތަކުގެ މަރާމާތާއި ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.