އަނބިމީހާގެ ހަނދާނުގައި ފިރިމީހާ ބިނާކުރީ "މަސްޖިދުއް ޝިފާ"، މިސްކިތުގެ ގިނަ މަސައްކަތް ކުރީ އަމިއްލައަށް!

މިސްކިތް

ކ. ހުރާ އަށް ނިސްބަތްވާ އަލްމަރުހޫމާ އާއިޝަތު ޝިފާގެ ހަނދާނުގައި އޭނާގެ ފިރިމީހާ މުހައްމަދު ޝާހިދު، ހުރާ ސުކޫލުގައި މިސްކިތެއް އަޅައިދީފިއެވެ.

"މަސްޖިދުއް ޝިފާ"ގެ ނަމުގައި ބިނާކުރި މި މިސްކިތުގެ ގިނަ މަސައްކަތް ކޮށްފައިވަނީ ޝާހިދު އަމިއްލައަށް ކަމަށް ހުރާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ވަނީ ވިދާޅުވެފައެވެ.

އަރީޝާ ވިދާޅުވީ ޝިފާގެ ހަނދާނުގައި އޭނާގެ ފިރިމީހާ އިސްވެ ހުރެ ބޭނުންވީ އެ ސްކޫލުގައި މިސްކިތެއް ބިނާކުރަން ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބުމާއެކު މިސްކިތުގެ ހުރިހާ މަސައްކަތެއް ކުރީ ފިރިމީހާ އިސްވެ ހުރެ އޭނާ އަމިއްލައަށް ކަމަށެވެ. މި މިސްކިތް ބިނާކުރުމަށް ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަ ކުރައްވަމުން އަރީޝާ ވިދާޅުވީ ގިނަ މަސައްކަތް ކޮށްފައިވަނީ ޝާހިދު އަމިއްލަ އަށް ކަމަށެވެ.

އަރީޝާ އިތުރަށް ވިދާޅުވީ 30 ކުދިންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގައިގެ އެ މިސްކިތުގެ ސަބަބުން މުވައްޒަފުންނަށާއި ދަރިވަރުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މީގެއިތުރުން ހުރާ ސްކޫލުން ކުރިއަށް ގެންދާ ގުރުއާން ޕޫލްވެސް މިހާރު ކުރިއަށް ގެންދަނީ އެ މިސްކިތުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މިސްކިތް ހުރާ ސްކޫލުގައި އަޅައިދިނުމާއި ގުޅިގެން އެ ސުކޫލުން ވަނީ އެކަމުގެ އަގުވަޒަންކޮށް، ސްކޫލުގެ މުވައްޒަފުންނާއި، ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ފަރާތުން ޝާހިދު އަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.