ހަނިއްޔާގެ ފޮޓޯއެއް ހިފަހައްޓައިގެން މީހަކު
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަނިއްޔާ ޝަހީދުކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް
ހަމާސްގެ ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަނިއްޔާ ޝަހީދުކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
އަދި ރާއްޖޭން މުޅި ދުނިޔެއަށް ގޮވާލަނީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތުގެ ގާނޫނު ނަގަހައްޓާ، ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ވަގުތުން މަސައްކަތް ކުރުމަށް ކަމަށް މި ބަޔާނުގައިވެއެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގައި ހުންނަވަނިކޮށެވެ.
ކޮމެންޓް