ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ތައިލެންޑްގެ ތިން އަންހެނަކު ހައްޔަރު ކޮށްފައި ވޭ، އެއީ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެއް

މާލޭގެ ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި 55 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހުކުރު ދުވްހު ވިދާޅުވީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި އެ ދިވެހި ފިރިހެން މީހާގެ އިތުރުން ތައިލެންޑްގެ ތިން އަންހެނަކު ހައްޔަރު ކޮށްފައި ވެއެވެ. އެއީ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭގައި ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދިވެހި ފިރިހެން މީހާ ވަނީ ދޫކޮށްލާފައެވެ. އަދި ތައިލެންޑް ތިން އަންހެނުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.