ޕޯސްޓަރު
ޢިލްމީ ފޯރަމުގެ މަޢުޟޫޢަކަށް ކަނޑައަޅުއްވައިފައިވަނީ "ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން"ޢިލްމީ ފޯރަމުގެ މަޢުޟޫޢަކަށް ކަނޑައަޅުއްވައިފައިވަނީ "ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން"
ފަލަސްޠީނުގެ ތާރީޚާ ގުޅޭ ޚާއްޞަ ޢިލްމީ ފޯރަމެއް މިރޭ ބާއްވަވާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ބާއްވަވާ، މި ޢިލްމީ ފޯރަމުގެ މަޢުޟޫޢަކަށް ކަނޑައަޅުއްވައިފައިވަނީ "ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން" މި މަޢުޟޫޢެވެ. މި ފޯރަމުގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާނެވެ. ފަލަސްޠީނުގެ މިއަދުގެ ހާލަތާއި ފަލަޞްޠީނުގެ ތާރީޚާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާނީ ޑރ. ޢަބްދުލްޙައްނާނު ވަޙީދެވެ. މި ދެ ބޭފުޅުންނަކީ ވެސް ވަރަށް ޢިލްމުވެރި ދެ ބޭފުޅުންނެވެ.
މި ފޯރަމު އޮންނާނީ މިރޭ (ހުކުރު ވިލޭރޭ) 20:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ފޯރަމު އަޑުއައްސަވާން ވީހައި ގިނަ ބޭފުޅުން ހާޒިރުވެވަޑައިގަތުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް