އިބްރާހިމް ފައިސަލް
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފާޑުވިދާޅުވެ، އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައިފިއެވެ.
އިބްރާހިމް ފައިސަލް އެކްސްގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ "ކާމިޔާބީގައި ހިތްތިރިކުރާށެވެ. އަދި ނާކާމިޔާބީގައި ހިތްވަރުގަދަކުރާށެވެ" މިފަދައިންނެވެ.
https://x.com/lasiaf969/status/1884220056726581522?s=46&t=TXuSpvTAejR0Lr_pGUMnWg
މި ޕޯސްޓުގައި ރައީސް ނަޝީދުގެ އެކައުންޓް ޓެގް ކުރައްވާފައިވާއިރު، މިއީ ރައީސް ނަޝީދުގެ ފަހުގެ ސިޔާސީ ހަރަކާތްތަކާ ގުޅުވައި ކުރެއްވި ޕޯސްޓެއް ކަމަށް ބެލެވެއެވެ.
އިބްރާހިމް ފައިސަލްއަކީ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުގެ ތާރީހުގައި ދެ ބޭފުޅުންގެ ސިޔާސީ ވިސްނުން ތަފާތުވެފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް