އައްޑޫ ސިޓީ ހުޅުދޫ ޗަސްބިމުގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުދޫ ޗަސްބިމުގައި ރޯވި އަލިފާން

އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި އިއްޔަ ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލައިފައެވެ.

މި ހާދިސާގެ މަޢުލޫމާތު ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ އިއްޔަ ހަވީރު 17:30 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، ރޭ 20:40 ހާއިރު ވަނީ އަލިފާން ފުރިހަމައަށް ނިއްވާލެވިފައެވެ.

ބޮޑު ސަރަހައްދަކަށް ފެތުރުނު މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ފާހަގަކޮއްލިއެވެ. މީގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން، ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުން އަދި އާންމު ރައްޔިތުން ހިމެނެއެވެ.

IMG_4008.jpeg

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށްދާކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.