ޝެއިހް އަހުމަދު ސަމީރު
ޝިކާރަކޮށް އުޅޭ ފޭރާދަތް ހުންނަ ކޮންމެ ޖަނަވާރެއްގެ މަސްކެއުން ހަރާން ކަމެއް ވިދާޅުވި
ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށާއި، ނަމަވެސް ނޭނގި ކެއުމަކުން ފާފަވެރިއެއް ނުވާނެ ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
"އެހެނީ ޝިކާރަކޮށް އުޅޭ ފޭރާދަތް ހުންނަ ކޮންމެ ޖަނަވާރެއްގެ މަސްކެއުން ހަރާން ކަމެއް ކަމުގައި ޙަދީޘް ބަސްފުޅުގައި ވާތީ، ނަމަވެސް ނޭނގި ކެއުމަކުން ފާފަވެރިއެއް ނުވާނެ" ޝެއިހް ސަމީރު މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ބުޅާ މަސް ކެއުމުގެ ހުކުމާއި ބެހޭގޮތުން ޝެއިހް ސަމީރު ޕޯސްޓެއް ކުރައްވާފައި މިވަނީ މާލޭގައި ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ވިއްކި ކަމަށް ބެލެވޭ ބިދޭސީއެއްގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެ ތުހުމަތު ކުރަނީ އަރަފާތް ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ. މި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް