ހޮލެންޑް- ރުމޭނިއާ މެޗުގެ ކުރިން
ފަސޭހަކަމާއެކު ރުމޭނިއާ ބަލިކޮށް، ޔޫރޯގެ ކުއާޓާ ފައިނަލުން ހޮލެންޑް ޖާގަ ހޯދައިފިއެވެ.
ރުމޭނިއާގެ މައްޗަށް ހޮލެންޑުން ކުރި ހޯދީ މިރޭ ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ 16 އަހަރުގެ ތެރޭގައި ޔޫރޯގެ ކުއާޓާއިން ހޮލެންޑް ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.
ހޮލެންޑް އެންމެ ފަހުން ފަހުން ޔޫރޯގެ ކުއާޓާގައި ކުޅުނީ 2008 ވަނަ އަހަރުއެވެ.
ކުއާޓާ ފައިނަލުގައި ހޮލެންޑް ނުކުންނާނީ އޮސްޓްރީއާ ނުވަތަ ތުރުކީއާ ދެކޮޅަށެވެ. އެއީ ދެވަނަ ބުރުގެ ފަހު މެޗެވެ.
ކޮމެންޓް