ގުދުރަތީ ކާރިސާއެއް އަންނަ ކަމުގެ ނިޝާނެއް!

އޯރް ފިޝް ނުވަތަ ޑޫމްސްޑޭ ފިޝް ބަޔަކު ހިފަހައްޓައިގެން

އޯރް ފިޝް ނުވަތަ ޑޫމްސް ޑޭ ގެ ނަމުން މަޝްހޫރުވެފައި ވާ މަސް ތިލަ ވުމަކީ ދުނިޔެއަށް ގުދުރަތީ ކާރިސާއެއް އަންނަން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ބުނެއެވެ.

ޕާނުގެ ގަދީމީ ގަބޫލު ކުރުންތަކާ އެއްގޮތަށް މިހާރުވެސް އެކަން ބަލައިގަންނަމުން ދާ ފަރާތްތައް ވެސް އުޅެއެވެ.

އާންމުކޮށް ކަނޑުގެ ވަރަށް އަޑީގައި އުޅޭ އޯފް ފިޝް ތިލަވެގެން އުޅެނިކޮށް ހިފީ އިންޑިއާގެ ޓެމިލްނާޑު ގެ މަސްވެރިންނެވެ.

މި މަހާ ގުޅުވައިގެން އޮންނަ އިހުގެ އެ ގަބޫލު ކުރުންތަކާ ހުރެ މަސް ހިފި ޓެމިލްނާޑު އަވަށުގެ މީހުން އުޅެނީ ކަންބޮޑުވެގެން ކަމަށް ހަބަރުތަކުގައި ވެއެވެ.

ސިލްވާ ކުލައެއް ހުންނަ, ކޮތަރިގަނޑުގެ ފެށޭ ހިސާބުގައި ރޮނގަކަށް ރަތް ކުލަ ހުންނަ އެ މަހަކީ, ރާޅު ބާންޏެއްހެން ގުދުގުދު ލައިފައި އޮންނަ މަހެކެވެ.

ވަރަށް މަޑުން ދުވާ ކަންނެތްކަން ހުންނަ މި މަހަކީ, ގައިގައި މަސްޖަހާފައި ހުންނަ މަހެއް ވެސް ނޫނެވެ. މޫދު ތެރޭގައި ދަތުރު ކުރާ އިރު އާންމުކޮށް ހުންނާނީ ކޮޅަށެވެ. އެހެން ހުރެގެން އޮޔާ ދާ އުސޫލުން ދަތުރު ކުރެއެވެ.

މި މަހާ ގުޅުގައި ޖަޕާނުގައި ބޯދާ އެ ގަބޫލުކުރުންތައް އޮންނަނީ ބިން ހެލުން އައުމާއި, ތޫފާނުތައް އައުންފަދަ ހާދިސާތައް ހިނގައިގެން އުޅޭއިރު މި މަސް ލައްގާފައި އޮންނާތީ ފެންނާތީއެވެ. އާންމުކޮށް ފެންނަ މަހަކަށް ނުވެފައި އެހެން ދިމާވާ ހާދިސާތަކާއެކު މި މަސް ފެނުމަކީ ބޯދާ ގަބޫލު ކުރުމެއްގެ ގޮތުގައި ވަނީއެވެ.

ބައެއް މީހުން ބުނާގޮތުން މި މަހަށް ކަނޑުއަޑީގައި އާދަޔާ ހިލާފު ކަމެއް, ނުވަތަ ގުދުރަތީ ކާރިސާއެއް ހިނގަން އުޅޭ ކަމުގެ އިހުސާސް ވީމައި އިންސާނުންނަށް އެކަމުގެ ސިގްނަލް ދޭން މައްޗަށް އަރަނީއެވެ. ނަމަވެސް މިއީ އެއްވެސް ތިއަރީއަކުން އަދި ހޯދުންތަކުން ސާބިތުވާން އޮތް ކަމެއް ނޫނެވެ.

އާންމުކޮށް 11 މީޓަރަށް ބޮޑުވާ މި މަސް މައްޗަށް އަރާ އިތުރު ސަބަބުތަކުގެ ތެރޭގައި ބަލިވުމާއި, ދަރިމައި ވުން ހިމެނޭ ކަމަށް މަސްމަހާމެހީގެ ދިރާސާ ކުރާ ބައެއް މީހުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.