ސައުދީ އަރަބިއްޔާގެ އަމީރެއް އަވަހާރަވެއްޖެ

ޕްރިންސް ހާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުން

ލަންޑަނުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓަކަށް ފަހު ކޮމާއެއްގައި 20 އަހަރު އޮންނެވި، ސައުދީ އަރަބިއްޔާގެ އަމީރެއް ކަމަށްވާ އަލްވަލީދު ބިން ހާލިދު ބިން ތަލާލް އަވަހާރަވެއްޖެއެވެ.

ޕްރިންސް ހާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުން، އަލްވަލީދު ބިން ހާލިދު ބިން ތަލާލް އަވަހާރަވި ހަބަރު ހިއްސާކުރައްވަމުން ޕްރިންސް ހާލިދު ވަނީ އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟް ގެ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތު ގައި އަސްރު ނަމާދަށް ފަހު ކުރެވޭނެ ކަން ހާމަކުރައްވާފައެވެ.

ޕްރިންސް އަލްވަލީދު ބިން ހާލިދު އެކްސިޑެންޓުވީ 2005 ވަނަ އަހަރު އުމުރުން 15 އަހަރުގައެވެ. އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރަން ހުންނެވި ދުވަސްވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ފާއިތުވި 20 އަހަރު އޮންނެވީ ވެންޓިލޭޓަރުގައެވެ. 'ސްލީޕިން ޕްރިންސް'ގެ ނަމުން މަޝްހޫރު އަލްވަލީދު ބިން ހާލިދު ބިން ތަލާލް ވެންޓިލޭޓަރުގައި އޮންނެވިއިރު އެއްވެސް ވަރަކަށް އޭނާގެ ހޭ އަރައިފައެއް ނުވެއެވެ. އެހެންނަމަވެސް ދިރުއްވުމާއި މަރު ހިއްޕެވުމަކީ ހަމައެކަނި اللهގެ އަތްޕުޅުގައި އޮންނަކަމެއް ކަމަށް ވިދާޅުވެ އަލްވަލީދުގެ ބައްޕާފުޅު، ހާލިދު ވަނީ އޭނާގެ ދަރިކަލުން ވެންޓިލޭޓަރުން ނެގުމަށް ދެކޮޅުހައްދަވައިފައެވެ.

މީގެ ކުރިން އެ އާއިލާއިން ވަނީ ޤުރުއާން އަޑުއިވުމުން، އޭނާ ކުޑަކޮށް ހަރަކާތްކުރާ ވީޑިއޯތައް ހިއްސާ ކޮށްފައެވެ. އަދި މި ގޮތަށް ކުޑަ ހަރަކާތެއް ފެނުމުން ވެސް އޭނާ ހޭލަފާނެކަމުގެ އުއްމީދު އޮތްކަން އޭރު އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.