ހިންނަވަރު ޒުވާނުންގެ ޝަކުވާތަށް މަޖިލީހުގައި އިއްވައިފި

ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން

ކުޅިވަރާއި ބެހޭ ވަޒީރާ ވަނީ ހިންނަވަރުގެ ފުޓްސަލް ދަނޑާއި ފުޓުބޯޅަ ދަނޑާއި ބެހޭ ގޮތުން ސުވާލު ކުރައްވާފަ

ހިންނަވަރު ޒުވާނުންގެ ޝަކުވާތަށް ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވަނީ ކުޅިވަރާއި ބެހޭ ވަޒީރާއި ސުވާލު ކުރެއްވި އިރު އިއްވަވާފައެވެ.

"ހިންނަވަރުގެ ފުޓްސަލް ދަނޑު ބޭނުންނުކުރެވޭ ވަރަށް ވީރާނާވެފައި އޮންނަތާ 4 އަހަރު ވެއްޖެ. އެމްޑީޕީގެ ނިމިދިޔަ ސަރުކާރުންނެއް، އަޅުގަނޑުމެންގެ ރަށު ރައީސެއް އަޅުގަނޑުމެން ޒުވާނުންގެ އަޑެއްނޭހި. އަޅުގަނޑުގެ ސުވާލަކީ، އެ ދަނޑު މަރާމާތުކުރަން ނުވަތަ އަލުން ހަދަން ފަށާނެ އަންދާޒާކުރެވޭ ދުވަހަކީ ކޮބައިތޯ؟ އަދި އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ހިންނަވަރުގެ ފުޓުބޯޅަ ދަނޑުގެ ރޮސްޓްރަމްއާއި ސިޑިބަރީގެ މަސައްކަތްވެސް ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ. އަލުން މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯ؟" ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

ޖަވާބުގައި ވަޒީރު ވިދާޅުވީ ފުޓްސަލް ދަނޑުގެ މަރާމާތަކީ ފުޓްސަލް ދަނޑު އެޅުމަށްވުރެ އަގު ބޮޑު ކަމެއް ކަމަށެވެ. އެއީ ފުޓްސަލް ދަނޑު މަރާމާތު ކުރާއިރު، ދަނޑު ކުޑަ ވިއްޔާ ބޮޑުކޮށް، ސަބް ބޭސްގެ މަސައްކަތް ކުރަންޖެހުން ކަމުގައި ވުމެވެ. ހިންނަވަރު ދަނޑަކީ ބަޖެޓް ކުރެވިފައި އޮތް ކަމަކަށްވީމަ، އާ ޕްރޮޖެކްޓެއްގެ ގޮތުގައި މަސައްކަތް ފަށާނީ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކައުންސިލްއާއި ވާހަކަ ދައްކައިގެން މިހާރު ދަނޑު އޮތް ދިމާލުގައިތޯ ނުވަތަ އެހެން ބިމެއްގައިތޯ އަޅާނީ ނިންމާނެ ކަމަށެވެ.

މިއީ ކުޅިވަރުގެ މުއްސަނދި ތާރީހެއް އޮންނަ ހިންނަވަރަށް ލިބިގެންދިޔަ ބޮޑު އުއްމީދެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.