ޕީއެންސީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހުޅުމާލެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ހޮވަންވީ ކެންޑިޑޭޓް ނަންބަރު 1 އައިމަން
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ހުޅުމާލެ ގޮނޑީގެ ބައި އިލެކްޝަންގައި މިފަހަރު ހޮވަންވީ ސަރުކާރާއެކު މަސައްކަތް ކުރާނެ އަލީ އައިމަންއެވެ.
އައިމަން އަކީ ރައްޔިތުންގެ ހައްޤުގައި ވާހަކަ ދައްކާ ހައްޤު ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އައިމަން އަކީ ޒުވާނުންނާއެކު އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ބޭފުޅުކެވެ. އެގޮތުން އައިމަން ދަނީ ހުޅުމާލެ ކޮމިއުނިޓީ އެލައެންސް އާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.
މިފަހުން ހުޅުމާލޭގައި ފަލަސްތީނުގެ ހައްޤުގައި އަޑު އުފުލުމަށް ބޭއްވުނު އިވެންޓުތަށް އިންތިޒާމްކުރުމުގައި އައިމަން ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި ތިމާވެށީގެ ދުވަހު ރައީސް ޑރ. މުޢިއްޒު އިފްތިތާހްކުރެއްވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި އަމަލީގޮތުން ހުޅުމާލޭގައި އައިމަން ވަނީ ހަރަކާތްތެރިވެފައެވެ.
އައިމަންގެ ސިޔާސީ ހަޔާތް ފެށިފައިވަނީ ޕީޕީއެމްގެ ތެރެއިންނެވެ. އޭރުވެސް ސިޔާސީ ކަންކަމުގައި އިސް ސަފުގައި އައިމަން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ޕީއެންސީ އުފަންވުމާއެކު އައިމަން ޕީއެންސީ އާއި ގުޅި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވާން ފެށިއެވެ. އެގޮތުން އައިމަން ވަނީ ޕީއެންސީގެ އިސް ބޭފުޅުންގެ އިތުބާރު ހޯއްދަވާފައެވެ.
"އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. އަޅުގަނޑު ބޭނުން ވަނީ ކައުންސިލްތައް މެދުވެރިކޮށް ކަންތައްތަށް ކުރަން. މާލޭގެ ރައްޔިތުން ކިބައިން އެދެން އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވާދެއްވުމަށް. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިހްލާސްތެރިކަން. އެނޫން ކަމެއް ކުރާނެ މީހަކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރި. އަޅުގަނޑަށް އިތުބާރު އެބޭފުޅުންނަށް އެބައޮތް" ޕީއެންސީގެ ކެންޑިޑޭޓުންނަށް އިޝާރާތްކުރަށް ކުރައްވާ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އައިމަންގެ ކެންޑިޑަސީ އިއުލާން ކުރުމާއެކު ރައްޔިތުންނާއި ދަނީ ބައްދަލުކުރަމުންނެވެ. އައިމަން ވަނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ވައުދު ވެފައެވެ. އަދި ހުޅުމާލެ ފޭސް 1 އަދި 2 ގައި ހުރި މައްސަލަތަށް ހައްލުކުރުމަށް ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އައިމަން ދަނީ ބުނަމުންނެވެ.
އައިމަން އަކީ ބަހާއި އަމަލުން ކަންތައް ކުރެވޭކަން ދައްކާފައިވާ ޒުވާނެކެވެ. ހުޅުމާލޭގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެވޭނީ ހުޅުމާލެ ރައްޔިތުންގެ އިހުސާސް ދަންނަ ގޭދޮށު މީހާއަށެވެ. އެންމެންނާއި ގުޅޭ އެންމެން ދަންނަ މީހާއަށެވެ. އެއީ އައިމަންއެވެ.
ކޮމެންޓް