އާ ޓާމިނަލް ހުޅުވީ މި ސަރުކާރުން 70 އިންސައްތަ ނިންމާފައި: ސީއީއޯ ޝަރީފް

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން މި ޓާމިނަލް ހުޅުވާފައިވަނީ 70 އިންސައްތަ މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާ ޓާމިނަލް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު އާ ޓާމިނަލްގެ މަސައްކަތުގެ ތެރެއިން ނިމިފައިވަނީ އެންމެ 30 އިންސައްތަ ކަމަށާއި، މިއަދު މި ޓާމިނަލް ހުޅުވާފައިމިވަނީ 70 އިންސައްތަ މަސައްކަތް އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ކަމަށެވެ.

އެއާއެކު ޝަރީފް ވިދާޅުވީ ޓާމިނަލްގެ ފާރުތައް ރޭނި، އެ ތަން ހިޔާކޮށްފައި ވީނަމަވެސް ކަރަންޓު ދެވޭނެ ގޮތެއް އަދި ކަރަންޓު ވިއުގައެއްވެސް ނެތް ކަމަށެވެ. ޝަރީފް ވިދާޅުވީ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް މިއަދު މިތަން މި ހުޅުވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ކާމިޔާބު ލީޑަރަކު ހުންނެވުމުން ކަމަށެވެ.

އާ ޓާމިނަލްގައި ޒަމާނީ ގިނަ ވަސީލަތްތަކެއް ގާއިމުކޮށްފައިވާއިރު އޭގެތެރޭގައި 47 ސެލްފް ޗެކިން ކައުންޓަރާއި، އިމިގްރޭޝަން ކްލިއަރެންސް 20 ކައުންޓަރުގެ އިތުރުން ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް ގާއިމުކުރެވިފައިވެއެވެ.

އާ ޓާމިނަލް ހުޅުވުމަށްޓަކައި މިރޭ ވަނީ ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސްފައިވާއިރު ތާރީހީ ބޮޑު ހަވައެއްވެސް ވަނީ އަރުވާފައެވެ. އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ 19 ސަރަހައްދެއްގައި މިރޭ ހަވާ އަރުވާފައިވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މި ހަވާއާއި ޑްރޯން ޝޯ ބަލާލުމަށް މަގުތައް ފުރާލާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.