އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް އަންހެނުންގެ ރޫހުން މަސައްކަތް ފަށައިފި

އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީ

އެމްޑީޕީ ގެ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީން ބޭއްވި 2025 ވަނަ އަހަރުގެ ދެވަނަ ބައްދަލުވުމުގައި، ޕާޓީގެ އަސާސީ ގަވާއިދަށް އަންހެނުން ބާރުވެރިކުރުވުމަށް ބަދަލުތަކެއް ގެނައުމަށް ލޮބީކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމަކީ އަންހެނުންގެ ރޫހުގެ މިއަހަރުގެ މުހިންމު އެޖެންޑާތަކުގެ ތެރެއިން އެއް އެޖެންޑާ ކުރިއަށް ގެންދިއުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރުކޮށް، ޕާޓީގެ އިސް މަޤާމުތަކުގައި އަންހެނުންގެ ތަމްސީލު އިތުރުކުރުމަށް މަގުފަހިކުރުމަކީ މި މަސައްކަތުގެ މައިގަނޑު މަޤްޞަދެވެ.

އަންހެނުންގެ ރޫހުގެ ފަރާތުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ އިސް މަޤާމުތަކަށް ކުރިމަތިލާ އަންހެނުންނަށް ޚާއްސަ ފުރުސަތުތަކެއް ހޯދައިދިނުމާއި، ޕާޓީގެ ކޮމިޓީތަކުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ޚާއްސަ ކޯޓާއެއް ކަނޑައެޅުން ހިމެނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އަންހެނުންގެ ރޫހުގެ މެންބަރުންގެ ތެރެއިން ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ. މި ކޮމިޓީން އެކުލަވާލާ އިސްލާހުތައް ޕާޓީގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް، އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.