އެގްރޯނެޓްގެ މުވައްޒަފުންނޭ ކިޔާގެން ދައްކަނީ ދޮގުވާހަކަތަކެއް !

އެގްރޯ ނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް

އެގްރޯ، އެގްރޯނެޓުގެ މުވައްޒަފުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލުކުރުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް އެގްރޯނެޓުން ވިދާޅުވެއްޖެއެވެ.

އެގްރޯނެޓުން ވިދާޅުވީ އެ ކުންފުނި އުވާލުމަށްފަހު އެކުންފުނިން ކުރަމުން ދިޔަ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލު ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، އެގްރޯނެޓުގެ ބެލެނިވެރި ކުންފުނިކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ލަފާގެ މަތިން ކުރިއަށްދާކަމަށެވެ.

އެގްރޯނެޓުން ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ބަދަލުކުރާ މުއައްޒަފުންގެ ލިސްޓެއް ތައްޔާރު ކުރަމުންދާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްްކަމަށެވެ. އެގްރޯނެޓުން ވިދާޅުވީ ބަދަލުކުރާ މުވައްޒަފުންގެ ލިސްޓެއް އެކުލަވާލާފައި ނުވާކަމަށާއި، އަދި އެފަދަ މަޝްވަރާއެއްވެސް ކުރިއަށް ނުދާކަމަށެވެ.

އެގްރޯނެޓުން ވިދާޅުވީ ކުންފުނީގެ ޢާންމު މަޞްލަހަތާއި މުވައްޒަފުންގެ ވިސްނުމަށް ނޭދެވޭ އަސަރުކުރާގޮތަށް ބައެއް ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކަކީ އެތަނުގެ އިސް ދެ މުއައްޒަފެއްގެ ބައިވެރިވުމާއެކު ފަތުރާ ދޮގު ވާހަކަތަކެއްކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދޮގު ޚަބަރު ފަތުރަން އޮންނަ ހަތިޔާރެއް ނޫންކަން ފާހަގަކުރައްވަމުން، އެގްރޯނެޓުން ވިދާޅުވީ މުވައްޒަފުންނާއި ގުޅޭ އެފަދަ މައުލޫމާތު ނޫސްތަކުގައި ހިމަނާފައިވަނީ ކުންފުނީގެ ރަސްމީ މަސްދަރަކުން މައުލޫމާތު ހޯދުމެއް ނެތިކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.