ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމަ، ޒަމީރާ ޢުމަރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަލަބަލުން ފަޒްނާ އަހްމަދުގެ މަންމާފުޅު ޒަމީރާ އުމަރު އަވަހާރަވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު ސޯލިހް ވަނީ ޒަމީރާ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަމީރާ އުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެވަޑައިގަންނަވާ ކަމަށާއި ރައީސް ސޯލިހްގެ ދެކަނބަލުންނަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. މަރްހޫމާ ޒަމީރާ އުމަރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަހްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް