މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ ސަރުކާރުން ހިސާބުތަށް ޖަހާފައިވަނީ ވެރިކަމަށް އަންނާނީ އިޤްތިސާދު މެނޭޖްކުރަން ނޭނގޭ ބަޔެއްކަން ލަފާކޮށްފައެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ހިސާބުތަށް ޖަހަމުން އައީ ވެރިކަމަށް ނާގާބިލް ބަޔެއް އަންނާނެކަމަށް ލަފާކޮށްފައެއް ނޫން ކަމަށް އެމްޑީޕީ ސަރުކާރުގެ ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިއަދު ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދައްވުމާއިމެދު ކަންބޮޑުވުން ފާޅުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަމީރު ވިދާޅުވީ މިހާރުގެ އިޤްތިސާދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި މި ސަރުކާރަށް މިއުޅެނީ މާލީ ގޮންޖެހުންތަށް މެނޭޖް ނުކުރެވިގެން ކަމަށެވެ.
ޓްރާންސިޝަން މުއްދަތު ތެރޭގައި ޔަގީން ކަމާއެކު ސަޕްލިމެންޓަރީ ބަޖެޓަށް 200 މިލިއަން ޑޮލަރު ހޯދާނެ ކަމަށް މި ސަރުކާރުގެ ބޭފުޅުން ވިދާޅުވިކަމަށް އަމީރު ހާމަކުރެއްވިއެވެ. އޭގެ އިތުރުން 2024 ގެ ބަޖެޓަށް އެންމެ މަދުވެގެން 500 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ބުނެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިހާތަނަށް މީގެން އެއްވެސް ފައިސާއެއް ހޯދިފައި ނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދައުލަތުގެ ހަރަދުތަށް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ. އެގޮތުން ރިކަރަންޓް ހަރަދުތަށް ކުޑަ ކުރުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުން ހިމެނެއެވެ.
ކޮމެންޓް