ޝަކީލް
ރައްޔިތުންގެ މަޖިލީހުން މިއަދު އެކުރި މަސައްކަތަކީ ދިވެހި ޖުމްހޫރިއްޔަތުގައި ރިޔާސީ ވެރިޔެއްގެ ހިކުމަތާއި އިހުލާސްތެރި ކަމުގެ ނަމޫނާއެއް ކަމުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
މީސްމީޑިއާގައި އެމްޑީ ޝަކީލް ދައުރުކުރި ޕޯސްޓުގައި "ފާއިތުވެދިޔަ ތަނުގައި އައި ހުރިހާ ވެރިންނާއި މަޖިލިހުގެ މެންބަރުން ޕޯޑިއަމްތަކަށް އަރައި އެންޓި ޑިފެކްޝަން ގާނޫނޫގެ މުހިންމުކަމުގެ ވާހަކަ ދެއްކި؛ ނަމަވެސް ހަގީގީ ސިފައިގައި ގާނޫނުއަސާސީގެ ތެރެއިން މިކަން ކުރުމުގެ އިހުލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުކަން ސާބިތުކޮށް ދެއްވައިފި. އަދި މި ދައުރުގެ ޕީއެންސީ މެންބަރުން ތިބީ ރައްޔިތުންގެ ފަޅީގައިކަންވެސް ސާބިތުކޮށް ދެއްވައިފި. ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް. ޝުކުރިއްޔާ ރައީސް" ލިއުއްވާފައި ވެއެވެ.
މިދަނޑިވަޅަކީ ޑރ. މުއިއްޒުގެ ސަރުކާރު ބަލިކަށި ކުރުމަށް، މަޖިލީހުގެ މެންބަރުން އެ ބޭފުޅުންގެ ސިޔާސީ ޕާޓީ ބަދަލު ކުރުމަށްޓަކައި ވާދަވެރި ސިޔާސީ ޕާޓީތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް