މި އަހަރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް

ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް

މި އަހަރުގެ މިހާތަނަށް ޗައިނާއިން 90،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 91،073 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއީ ރާއްޖެއަށް އައި ފަތުރުވެރިންގެ 11.1 އިންސައްތައެވެ.

އެގޮތުން މާކެޓުގެ އެއްވަނައިގައި ޗައިނާ އުޅޭ އިރު ރާއްޖޭގެ މާކެޓުގެ ދެ ވަަނައިގައި އުޅެނީ 83،219 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި 78،961 ފަތުރުވެރިންނާއެކު މާކެޓުގެ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ކުރީގައި އޮތް އިންޑިއާ މިހާރު އޮތީ މާކެޓުގެ ހަވަނައިގައެވެ.

ވަކިވަކި މަސް މަހަށް ބަލާއިރު ކޮންމެ މަހަކު ވެސް އެވްރެޖުކޮށް ރާއްޖެއަށް 5000 އާއި 7000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރާތް ކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް މުޅު ޖުމްލަ 822،723 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި ދައުރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިންނާއި، އާމްދަނީގެ ގޮތުގައި އަހަރަކު ހަ ބިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.