އަލް އިއްތިހާދުގެ ކޯޗުކަމުން ގަލާޑޯ ވަކިކުރަނީ

އަލް އިއްތިހާދުގެ ކޯޗުކަމުން ގަލާޑޯ ވަކިކުރަނީ

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ މާސެލޯ ގަލާޑޯ، އެ ކުލަބުގެ ކޯޗުކަމުން ވަކިކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުންް ރިޕޯޓުކޮށްފި އެވެ.

އުމުރުން 48 އަހަރުގެ ގަލާޑޯ، އަލް އިއްތިހާދުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އޭނާ ހަވާލުވީ އެއް އަހަރާ ބައިގެ މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބަށް އެންމެ ބޭނުންވާ ނަތީޖާއެއް ނުނެރެވެ އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް އިއްތިހާދުން މިހާރު ވަނީ، ކޯޗުކަމުން ގަލާޑޯ ވަކިކުރަން ނިންމައިފަ އެވެ. ރަސްމީކޮށް އެ ކުލަބުން އެކަން ހާމަނުކުރި ނަމަވެސް، ކުލަބުގެ އިސްވެރިން އޮތީ އެ ނިންމުން ނިންމާފައި ކަމަށް އެކި މަސްދަރުތަކުން ބުނެ އެވެ. މީޑިއާތަކުގަައި ބުނެފައިވާ ގޮތުން ވަގުތުން އޭނާ މަގާމުން ވަކި ކުރަން ނުވަަތަ ސީޒަން ނިމުމުން އޭނާ ދޫކޮށްލަން ކުލަބުން ބޭނުންވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކުލަބުން އެކަން ހާމަކުރާާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގަލާޑޯގެ އިރުޝާދުގެ ދަށުން އަލް އިއްތިހާާދު ކުޅުނީ 30 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 14 މެޗުންނެވެ. 13 މެޗުން ބަލިވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ސައުދީ ޕްރޯ ލީގުގައި އެ ޓީމު އޮތީ ވެސް ފަސް ވަނައިގަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.