އެންހެލް ޑި މާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމަށް ފަހު، އެ ޓީމުގެ ތަރި، އެންހެލް ޑި މާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 36 އަހަރުގައި، ގައުމީ ޓީމަށް ކުޅުން ޑި މާރިއާ، ހުއްޓާލިއިރު، އޭނާގެ ފަހު މެޗަކީ މިއަދު ހެނދުނު ކޮލަމްބިއާ އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗެވެ.
މީގެ ކުރިން އާޖެންޓީނާއާ އެކު، ތިން ފައިނަލުގައި ހިތްދަތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޭނާގެ ކުލަގަދަ ގައުމީ ޓީމުގެ ކެރިއަރު ނިންމާލީ، ވޯލްޑް ކަޕާ، ކޮޕާ އެމެރިކާ އަދި ފައިނަލިސިމާގެ އިތުރުން އޮލިމްޕިކްސް ވެސް ކާމިޔާބު ކޮށްފައެވެ. މެޗެވެ. ކުރިން އަދި ޔޫތު ވޯލްޑްކަޕްވެސް އޭނާ ކާމިޔާބު ކުރިއެވެ.
ޑި މާރިއާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ކުޅެދިން، 145 މެޗުން 31 ލަނޑު ޖަހައިފަ އެވެ. މީގެ ކުރިން ޑި މާރިއާ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާ އެކު، ފީފާގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ކޮމެންޓް