ވީރާނާ ވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލައެއްގައި 3 ބިދޭސީން ބަންދުކޮށްފި

ރެއިޑުގެ ފޮޓޯއެއް

އިމިގްރޭޝަން ވޮޗް އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ އިއްޔެ، މާލޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް ރެއިޑުކޮށް، 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފަ

ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން މިއަދު ހެނދުނު، މާލޭ ސަރަހައްދުން ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ 3 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށާއި، މިކަން ވާނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިކަން އިމިގްރޭޝަނުން ހާމަ ކުރިއެވެ.

އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ކުދިގުޅަ، ތެލުލިފަތް، ފޯއް އަދި ކިއްލި ފަދަ ބާވަތްތައް އެތަނުގައި ތައްޔާރުކޮށް، ޕެކެޓް ކޮށްފައި ހުއްޓެވެ.

އިމިގްރޭޝަން ވޮޗް އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ އިއްޔެ، މާލޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް ރެއިޑުކޮށް، 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަން ވޮޗް އަކީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މިދިޔަ މަހު ތައާރަފުކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލްގެ އެހީގައި އާންމުންނަށް 24 ގަިއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުގެ އިތުރުން، އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް، އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ހުށަހެޅޭނެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވލައިފައިވެއެވެ.

ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް، ރޭ ކުރި ޕޯސްޓެއްގައި އިލްތިމާސްކޮށްފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.