މުގައްރިރު އަދި ނައިބު މުގައްރިރު
މުގައްރިރު އަށް ކަނޑައެޅީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އަދި ނައިބު މުގައްރިރު އަކަށް ކަނޑައެޅީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އުފެއްދި 'ގެދޮރުވެރިކަމުގެ ކޮމިޓީ' ގެ މުގައްރިރު އަދި ނައިބު ކަނޑައަޅައިފިއެވެ.
މުގައްރިރަކަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ކަނޑައަޅައި އަދި ނައިބު މުގައްރިރަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ވަނީ ކަނޑައަޅާފައެވެ.
މި ކޮމިޓީގައި 11 މެންބަރުން ތިއްބަވާއިރު 9 މެންބަރުންނަކީ ސުޕަ މެޖޯރިޓީ އޮތް ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މެންބަރުންނެވެ.
އެ ކޮމިޓީގެ މަސްއޫލިއްތުތަކަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމާ ގުޅޭ ވުޒާރާއާއި އެނޫން ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ރާވާ ހިންގާ އިދާރާތައް ވިލަރެސްކުރުމެވެ.
ކޮމެންޓް