ސެޝަންއެއްގެ ތެރެއިން
މަޤްޞަދަކީ އޮޑިޓަރުންގެ މަޢުލޫމާތާއި ހުނަރުތައް އިތުރުކޮށް، އެންމެ ފަހުގެ މިންގަނޑުތަކާއި، ގަވާއިދުތަކާއި ޕްރެކްޓިސްތަކަށް އަހުލުވެރިވުން
ދަ ސްޓޭޓް އިންޓަރނަލް އޮޑިޓު ސީ.ޕީ.ޑީ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ޕްރޮގުރާމަކީ ދައުލަތުގެ އިންޓަރނަލް އޮޑިޓަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ފަރުމާކުރެވިފައިވާ ޚާއްޞަ ޕުރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މަޤްޞަދަކީ އޮޑިޓަރުންގެ މަޢުލޫމާތާއި ހުނަރުތައް އިތުރުކޮށް، އެންމެ ފަހުގެ މިންގަނޑުތަކާއި، ގަވާއިދުތަކާއި ޕްރެކްޓިސްތަކަށް އަހުލުވެރިވުމެވެ. މީގެ އިތުރުން، އޮޑިޓަރުންގެ 'ނޮލެޖު ގެޕް' ފޫބައްދައި، ދައުލަތުގެ އިންޓަރނަލް އޮޑިތުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާވެގެން ދިއުމަކީވެސް މި ޕްރޮގުރާމުގެ މަޤްޞަދެކެވެ.
މި ޕްރޮގުރާމުގެ ސެޝަންތައް ފެށޭނީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުއެވެ.
ކޮމެންޓް