ކުޅުދުއްފުށީގެ 600 އަށްވުރެ ގިނަ ގޭބިސީއަށް "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން ޒިޔާރަތްކޮށްފި

އިޖުތިމާއީ އަދި އައިލާ ތަރައްޤީއާ ބެހޭ ވުޒާރާއިން ޒިޔާރަތްކުރުން

ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާކަމަށް ހދ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުން މަޢުލޫމާތު ދީފިއެވެ.

އިޖުތިމާއީ އަދި އައިލާ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ މެއި މަހު ފެށުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށި ސިޓީގައި އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކޮށް، އެފަރާތްތަކުގެ ހާލު ބަލައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެފްސީއެސްސީން މަޢުލޫމާތު ދިންގޮތުގައި، "ހާލު ކިހިނެއް؟"ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާޢީ ހާލަތު ދެނެގަތުމަށާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރެވޭ ޒިޔާރަތްތަކުގައި ގޭބިސީތަކުގެ އިޖްތިމާޢީ ހާލަތު ދެނެގަތުމުގެ އިތުރުން، އެ ގޭބިސީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް އެފްސީއެސްސީން ފާހަގަކުރިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.