ނައިބު ރައީސްގެ އަރިހަށް އިންޑިއާގެ ސަފީރު ޒިޔާރަތެއް ކުރައްވައިފި

ނައިބު ރައީސްގެ އަރިހަށް އިންޑިއާ ސަފީރު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖީ ބާލަސުބްރަމާނިއަން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައި ކަމަށާއި، މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ދެ ގައުމަށްވެސް އެންމެ ފައިދާވާ، މަސްލަހަތު ހުރި ގޮތަށް ގުޅުންތައް ހަރުދަނާކުރުމަށްވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އިންޑިއާ އަދި ރާއްޖެއަށް އެއްބަސްވެވޭ ހަމަތަކުގެ މަތީގައި މުއާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއް ކަމުގައި ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާ ސަފީރު ޒިޔާރަތްކުރައްވާފައިވާ މި ދަނޑިވަޅަކީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެކެވެ. އެގޮތުން މޯދީ ރާއްޖެ ވަޑައިގެން ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށާއި ދޭދޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.