ދުންފަތުގެ ބާވަތްތައް އެތެރެކޮށްފިނަމަ ހިފަހައްޓަން އަންގައިފި

ސިނގިރޭޓު

ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާ ކަމެއް ކަމަށް ވާތީ، ދުންފަތް އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް އެތެރެކޮށްފިނަމަ އެ ބާވަތްތައް ހިފަހައްޓަން އަންގައިފިއެވެ.

ހެލްތު މިނިސްޓްރީން ކަސްޓަމްސްގެ ކޮމިޝަނަރު ފާތިމަތު ދިޔާނާ އަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ސިޓީގައި، ރާއްޖޭގައި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާ ކަމާއި ދުންފަތުގެ ބާވަތްތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.

"ވީމާ، ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް އެދެމެވެ." އެ ސިޓީގައި ވެއެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، ހެލްތު މިނިސްޓްރީން ކަސްޓަމަށް މި ސިޓީ ފޮނުވާފައިވަނީ ގާނޫނުގައި ދުންފަތް އުފެއްދުން މަނާކޮށްފައިވާތީ ދުންފަތް އުފެއްދުމަށް ބޭނުންކުރާ އޮޅާ ސާމާނު ހިމެނޭތޯ ބެލުމަށް ކަސްޓަމުން މިނިސްޓްރީގައި ލަފަޔަކަށް އެދުމުންނެވެ. އަދި މި ސިޓީ ސައްހަ ކަމަށް ވެސް މިނިސްޓްރީން އެ މަސްދަރުތަކަށް ކަށަވަރުކޮށްދިން ނަމަވެސް، 'ދަ ޕްރެސް' އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސިޓީގެ ސައްހަކަން ކަށަވަރުކޮށްދެވެން އޮތީ އާ އަހަރުގެ ބަންދަށް ފަހު ސަރުކާރު ހުޅުވުމުން ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން މިފަހުން ގެނައި އިސްލާހުގައިވާ ގޮތުން:

  • ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުގެ ގަސް ހެއްދުމާއި ދުންފަތް އުފެއްދުން މަނާ

  • ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވޭނެ ބައިތައް އެތެރެކުރުން މަނާ

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.