"އަހާ" ފޯރަމްގައި އަސްވާޑް މިރޭ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަމެއް ދިނުމަށް ހަމަޖެހިފައިވާއިރު، އަންނަ މަހުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އޮގަސްޓް މަހުން ފެށިގެން ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"25 މިލިއަން ރުފިޔާ އޭގެ ފުރަތަމަ ބެޗް ފަށާނަން، އުންމީދަކީ އޮގަސްޓްގައި އެކަން ފެށުން، އެކަމަށް އަޅުގަނޑުމެނަށް އުސޫލު ތައްޔާރު ކުރެވިއްޖެ، އޭގެ ގާނޫނީ ލަފަޔާ އެހެން ކަންކަން އަދި މީގެ އިތުރުން އެ އެހީ ދޭނެ ސީދާ ގޮތް ތަކެއް މި ދަނީ ރާވަމުން،". ވަޒީރު ވިދާޅުވިއެވެ.
އަސްވާޑް ވިދާޅުވި މި އުސޫލުތައް ތައްޔާރު ކުރުމުގައި އާޓިސްޓުގެން އެހީތެރިކަމަށް ވެސް އެދިފައި ވާނެ ކަމަށެވެ. އަދި މި ކަމުގައި ވަރަށް ގިނަ އާޓިސްތުންނާއި އެކު ބައްދަލުވުމެއް ބާއްވައި ވަރަށް ގިނަ ގިނަ މަޝްވަރާ ތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށާއި ބައިވެރިންގެ ހިޔާލާ އެއްގޮތަށް އެހީ ދިނުމުގެ އުސޫލު ނިންމަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އާޓިސްޓުންނަށް އެހިތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ކޮމެންޓް