ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 34600 އިން މައްޗަށް

ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 34600 އިން މައްޗަށް

ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 34600 އިން މައްޗަށް

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 34600 މީހުން ވަނީ ޝަހީދުވެފަ އެވެ. 

އޭގެ ތެރޭގައި 26,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 78,368އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ޕްރެސް ބްރީފިން އެއްގައި ހާމަކުރި ގޮތުގައި ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ގާޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި އެކަނިވެސް 47 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި, އިތުރު 61 މީހުން ޒަހަމު ކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ގާޒާގައި މަރުވާ އާންމުންގެ އަދަދު "މާބޮޑަށް މަތި" ކަމަށް އެމެރިކާއިން ވެސް މިފަހުން ވަނީ ބުނެފަ އެވެ.

ގުދުސްގައި ވާހަކަދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން ވިދާޅުވީ ގާޒާ ހަނގުރާމައިގައި މަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންގެ އަދަދު އާދަޔާ ހިލާފަށް އިތުރު ކަމަށެވެ. އަދި ގާޒާއަށް ބޭނުންވާ އެހީ މިހާރަށްވުރެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބްލިންކެން ގޮވާލެއްވި އެވެ.

އިޒްރޭލުން ހިންގާ މި ގަތުލު އާއްމުގައި ވަނީ ގާޒާގެ އެތައް ތަނެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ އެވެ. އަދި އެތައް ބަޔަކު މަގުމަތިވެ ހާލުގައި ޖެހިފައިވާއިރު ޔަހޫދީ އިޒްރޭލުން ވަނީ ގާޒާ އިން އަސާސީ ހިދުމަތްތައް ހުއްޓުވާފަ އެވެ. އެގޮތުން ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.

ގާޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ތިބީ ރަފަހުގަ އެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން އެ ރަށަށް އަރައި, ގަތުލުއާންމު ހިންގަން ތައްޔާރުވަމުންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލެވުނު ނަމަވެސް އެ ރަށަށް އަރައި މުސްލިމުންގެ ލޭއޮހޮރުވައިލާނެ ކަމުގަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.