ޑީޕްސީކް އެޕް އިޓަލީގައި ބޭނުންކުރުން މަނާކޮށްފި

ޑީޕްސީކް

އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ޗައިނާގެ މަބް އެޕް ޑީޕްސީކް ބޭނުންކުރުން މަނާކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ ޕްރައިވެސީއާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ޕޮލިޓިކޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ޑީޕްސީކް އެޕް އޮޕަރޭޓްކުރާ ކުންފުނިތައް ކަމަށްވާ ހެންގްޒޯ ޑީޕްސީކް އާޓިފިޝަލް އިންޓެލިޖެންސް އާއި ބެއިޖިން ޑީޕްސީކް އާޓިފިޝަލް އިންޓެލިޖެންސް އަށް އަންގާފައި ވަނީ އިޓަލީގެ މީޙުންގެ ޑޭޓާ ޕްރޮސެސްކުރުން ވަގުތުން ހުއްޓާލުމަށް" ކަމަށެވެ.

އަދި އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އެ އޮތޯރިޓީން ތަހުގީގެއް ހުޅުވާލައިގެން އެ ކުންފުނިތަކުން އިޓަލީގައި ހަރަކާތްތެރި ނުވާ ކަން ކަށަވަރު ކުރުމަށް އެންގުމަށާއި ޔޫރަޕްގެ ގާނޫނުތައް އެ ކުންފުނިތަކަށް ނުހިނގާކަމަށް ބުނާ ވާހަކައަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިޓަލީން މި ފިޔަވަޅު އަޅާފައިވަނީ ޑީޕްސީކް އިން މައުލޫމާތު ހޯދުމަށް އެދުމުން އިތަލީގެ ކަމާ ބެހޭ އިދާރާތަކުން އެދުމުން އެއްބާރުލުން ނުދޭނެ ކަމަށް އެންގުމުންނެވެ.

ޗައިނާގެ މަބް އެޕް މަނާކުރުމާއެކު، އިޓަލީގެ މީހުންނާއި ކުންފުނިތަކަށް ޑީޕްސީކް އެޕް ބޭނުންކުރުމުގެ ފުރުސަތު ގެއްލިގެން ހިނގައްޖެއެވެ. އަދި މިއީ ޔޫރަޕްގެ އެހެން ގައުމުތަކުންވެސް މިފަދަ ފިޔަވަޅުތަކެއް އަޅަފާނެކަމުގެ ނިޝާނެއް ކަމަށްވެސް ބެލެވެއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.